56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

6296266612939624492

ރާއްޖޭގެ 56 ރަށަކަސް އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

މި އެމްބިއުލާންސްތައް ހަވާލުކޮށްފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި އެމްބިއުލާންސްތައް ރާއްޖެ ގެނައީކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެމްޕީއެލްއާ ހަވާލުކޮށްގެންނެވެ. މިކަމަށް ޖުމުލަ65.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. މި ތަކެތި ރާއްޖެ ގެނެސްފައި ވަނީ ތިން ބުރަކަށް ބަހައިލައިގެންނެވެ.

އިތުރަށް އެ މިނިސްޓްރީން ބުނީ، މިއީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ކަމަށެވެ.

މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރު އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކާއި، ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް ގެންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ބިނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެއް ޚިދުމަތެއް އުުފަންވާއިރު އޭގެ ފަހަތުން ގޮންޖެހުމެއް ވެސް އުފަންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ސިއްހީ ޚިދުމަތާމެދު ފޯކަސްޑްކޮށް، އަޅާލުންތެރިކަމާ އޯގާތެރިކަމާއެކު ވިސްނާ ނިޒާމެއް ގާއިމްކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ