ހުމާއި ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި

1035x593-o4zOhQnwMLa0cLYTmolmsPk3WOwbTAhpnVW2tU1g

ހުމާއި އަރިދަފުސް ރޯގާ ހުންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، ފްލޫ ކްލިނިކަށް އަންނަ ހުރިހާ މީހުން ވެސް ފުރަތަމަ ދާންޖެހޭނީ އީއާރް ޓްރައިޖަށް ކަމަށެވެ. ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްހެ ހެނދުނު 10:00އިން ރޭގަނޑު 22:00އަށް ކޮންސަލްޓޭޝަން ރޫމް 10އިން ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވަނީ ޑެންގޫ ހުމުގެ ގިނަ ކޭސްތަކެއް ރިޕޯޓުކޮށްފައެވެ. އެގޮތުން ޑެންގީ ހުމުގެ 413 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ އަހަރުގެ ނޮވެމްނަރު މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީ ހުމުގެ 382 ކޭހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ