ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 779 ޝަކުވާ

website pic-f4d405463bda19dc1b0e

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖެހުމާހަމައަށެވެ.

އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އީސީން ހުޅުވާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.

އީސީން ބުނީ ޝަކުވާގެ ފުރުސަތު ހަމަވިއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާކަމަށެވެ.

އެގޮތުން ޝަކުވާގެ ގޮތުގައި މައިގަނޑުގޮތެއްގައި ލިބިފައިވަނީ، އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނުމާއި، ރަޖިސްޓްރީން ނަން އުނިކުރުމުގެ ބައެއް ޝަކުވާތައްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް މިހާރުވަނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ