އަރިދަފުސް ރޯގާއާއި ޑެންގީ ހުން ފެތުރުން އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

1035x593-o4zOhQnwMLa0cLYTmolmsPk3WOwbTAhpnVW2tU1g

މި ދުވަސްވަރު އަރިފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން ފެތުރުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ރޯގާއާއި ބަލިތަކުން ސަލާމަތްވުމަށް އަޅަންވީ ފިޔަވަޅުތައް ހިއްސާކޮށްފައެވެ. އެގޮތުން:

  • ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަން އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުން
  • އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، މާބަނޑު މީހުންނާއި ކުޑަކުދިންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން
  • ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން އަދި ހޭންޑް ސެނިޓައިޒް ކުރުން
  • މަދިރި އާލާވާފަދަ ތަންތަން ނައްތައިލުން
  • ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަސް ޒިޔާރާތް ނުކުރުން

ރޯގާއާއި ޑެންގީ ހުމަށް ޚާއްސަކޮށް ފްލޫ ކްލިނިކެއް ވެސް އިއްޔެ ވަނީ އައިޖީއެމްއެޗްގައި ހުޅުވައިފައެވެ.

އެ ހޮސްޕިޓަލުން ބުނީ، ފްލޫ ކްލިނިކަށް އަންނަ ހުރިހާ މީހުން ވެސް ފުރަތަމަ ދާންޖެހޭނީ އީއާރް ޓްރައިޖަށް ކަމަށެވެ. ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްހެ ހެނދުނު 10:00އިން ރޭގަނޑު 22:00އަށް ކޮންސަލްޓޭޝަން ރޫމް 10އިން ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވަނީ ޑެންގޫ ހުމުގެ ގިނަ ކޭސްތަކެއް ރިޕޯޓުކޮށްފައެވެ. އެގޮތުން ޑެންގީ ހުމުގެ 413 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ އަހަރުގެ ނޮވެމްނަރު މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީ ހުމުގެ 382 ކޭހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ