ސަރަހައްދީ އެންމެ ވަރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި

b_hDxX0bqwtcaS2dNJyx5URGPz3

ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ރާއްޖޭގެ ޕާސްޕޯޓު ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަަނަ ޕާސްޕޯޓުގެ މަގާމު ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ދިފާއުކޮށް، އެއް ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ރާއްޖެ ހިމެނެނީ 52 ވަނައިގައެވެ. އެއީ 92 ގައުމަކަށް ވިސާ ފްރީ ޕާސްޕޯޓެއްގެ ގޮތުގައެވެ. މިދިޔަ އަހަރު އެ ލިސްޓުގައި ރާއްޖެ އޮތީ 53 ވަނައިގައެވެ.

ދެކުނު އޭޝިއާގެ ގަައުމުތަކުގެ ތެރެއިން ދެން އެންމެ ވަރުގަދަ ޕާސްޕޯޓެއް އޮތީ އިންޑިއާގެ އަތުގައެވެ. އެ ގައުމުން ލިސްޓުގެ 80 ވަނައިގައި އޮތްއިރު ވިސާއާ ނުލައި އެ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.

މި ސަރަހައްދުގެ ގައުމުތަކުން ތިންވަނައިގައި އޮތް ބޫޓާންގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 50 ގައުމަކަށެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދެމެހެއްޓީ 192 ގައުމަކަށް ވިސާ ފްރީކޮށްގެން ސިންގަޕޫރުގެ ޕާސްޕޯޓުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ