ޝައިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Screenshot 2026-01-20 at 23.25.54

އާންމުންގެ މެދުގައި މަގުބޫލު ޝެއަހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ)އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އަޒީބެގެ ދަރިކަލުން އަހުމަދު ކުމައިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އަޒީބެއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަ ކަމަށާއި ހެޔޮ ދުއާކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އަޒީބެގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އަޒީބެެއަކީ ދީނީ އެކިއެކި ދަރުސްތަކާއި ނަސޭހަތް ދިނުމުގައި ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅެކެވެ. އަޒީބެގެ ދަރުސްތަކަކީ މަގުބޫލު ދަރުސްތަކެކެވެ.

އަޒީބެއަކީ ޒަމްޒަމް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރުވެސްމެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ