މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި

large_1768134020201XDm

އިއްޔެއިން ފެށިގެން ސަރުކާރު މަސް ކުންފުނި، މިފްކޯގެ ސެންޓަރު ތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި15 ކިލޯގެ ކަންނެލި ގަންނަން ފަށައިފިއެވެ.

މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާކަމަށް މިފްކޮއިން މިއަދު ބުންޏެވެ.

މީގެ އިތުރަށް 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުން ދާކަން ވެސް މިފްކޯއިން ފާހަގަކުރިއެވެ.

ސަރުކާރުގެ މި ނިންމުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މަރުހަބާ ކިޔައިފައެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށް އެ ޖަމިއްޔާއާއެކު މަސައްކަތް ކުރި އެންމެންނަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިމަހުގެ 10ވަނަ ދުވަހު ސަރުކާރުން ވަނީ ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ބޮޑު ކަންނެލި ކިލޯއެއް25 ރުފިޔާއަށް ގަންނަން ފަށައިފައެވެ.

އެދުވަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅުންހުރި މައްސަލަތައް ހައްލުކުރަން މި ސަރުކާރުން މަސައްކަތް ކުރާކަމަށެވެ. އަދި މިފްކޯއިން ބޮޑުކަންނެލި ނުގަތުމަކީ ބޮޑު ކަންނެލިި މަސްވެރިން ތަހަންމަލް ކުރާ ވަރަށް އުނދަގޫ ހާލަތެއް ކަމަށާއި މިފްކޯއިން ބޮޑު ކަންނެލި މަސް ގަންނަން ފެށުމަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާކަމަށް ބުނެ މިދިޔަ މަސްވެރިންގެ ދުވަހު ބޮޑު ކަންނެލި މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ބޮޑު ކަންނެލު މަސްވެރިން އެދެނީ މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމެވެ. އަދި ކަންނެލި މަސް ގަނެވޭނެ އެންމެ ދަށް އަގަކީ80 ރުފިޔާއާއި100 ރުފިޔާ ކަމުގައި ހެދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ