މެޓް އޮފީހުގެ އާ ބްރޭންޑިން އިފުތިތާހުކޮށްފި

Screenshot 2026-01-21 at 15.11.19

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ އާ ބްރޭންޑިން އިއްޔެ ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.

އެ އިދާރާއިން ބުނީ މިއީ، އެ މުވައްސަސާއިން ފޯރުކޮށްދޭ މޫސުން، ކްލައިމެޓް އަދި ބިންހެލުމާއި ސުނާމީއާއި ދުރާއިންޒާރީ މައުލޫމާތުތައް ތަރުތީބުކޮށް އެއް ބައްޓަމަކަށް ހުށަހަޅައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އާ ބްރޭންޑްގެ ދަށުން ތެދު މައުލޫމާތު ރާއްޖޭގެ އެކި ހިސާބުތަކަސް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވާނެކަން އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ.

މިއީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ އެހީގައި ޔުނައިޑެޓް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ން ހިންގާ "ތައްޔާރު" ޮޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދުރާލައި މޫސުމާ ގުޅޭ އިންޒާރުތައް ފޯރުކޮށްދޭ އާލީ ވާނިން ސިސްޓަމާއި މޫސުމާ ގުޅޭ މުވާސަލާތީ ނިޒާމު ކުރިއަރުވައި ހަރުދަނާ ކުރުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ