ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމާއި ތާޒާ ކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

Whats_App_Image_2026_01_21_at_15_15_30_109eba5945

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމާއި ތާޒާ ކުރުމަށް މިއަހަރު ބާއްވާ ފުރަތަމަ ޕްރޮގްރާމް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށާއި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ޖަނަވަރީ މަހުގެ 18 އިން 21 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ 172 ޑްރައިވަރުންނާއި މިހާރު ވެސް ޓެކްސީގެ ހިދުމަތުގައި ހަރަކާތްތެރިވާ 75 ޑްރައިވަރުންނަށް ބައިވެރިވެފައި ވެއެވެ.

ޑްރައިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް ފުލުހުން ކުރިއަސް ގެންގޮސްފައި ވާއިރު، މާލޭ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް އެކްސިޑެންޓްތައް ހިނގާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ