ރޯދަމަހު މާލޭގައި 37 ދިވެހި ހާފިޒުން ހިމާމުވެ ތަރާވީސް ނަމާދު ކުރާނެ، ގިނައީ ޒުވާނުން

Mosque, Photo: Visit Maldives
Mosque, Photo: Visit Maldives

ކުރިއަށް އޮތް ރޯދަމަހު މާލޭ ސަރަހައްދުގައި37 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާނެ ކަމަށާއި މީގެތެރޭގައި ގިނައީ ރީތިކޮށް ޤުރުއާން ކިޔަވާ ވަރަށް ޒުވާން ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަތީބުންނަށް ޚުތުބާ ކިޔަން ފުރުސަތު ދޭނެކަމަށެވެ. އެގޮތުން، އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މި ރޯދަމަހު މާލޭގައި ކުރުކޮށް ކިޔަވައި ތަރާވީސް ކުރާ މިސްކިތްތައް އިތުރުކޮށްފައި ވާނޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ބޮޑެތި މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާސް ކުރުމުގެ ފުރުސަތު ފަހިކޮށްފައި ވާނޭކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެފަދަ ޖަމާއަތްތަކަށް ގިނަ މީހުން އެއްވާކަމަށެވެ.

"ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) މިފަހަރު އެތާގައި ކުރާނީ ދިގުކޮށް ހިފްޒުކޮށް. އަދި ބަރުބަރީ މިސްކިތުގައި ކުރާނީ ކުރުކޮށް. މިހެން ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް،" މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

މީގެއިތުރުން، އަންނަ އަހަރު މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރަން އަމާޒި ހިފާފައި ވާކަކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ