ޑިއުޓީގައި ހުއްޓައި ފިޓް ޖެހި، އެމްޕީއެލް މުވައްޒަފަކު މަރުވެއްޖެ

big_DvxNkm6BBYt3hnTxZ0lrojfAA

އެމްޕީއެލްގެ މުވައްޒަފެއް ޑިއުޓީގައި ހުއްޓައި ފިޓު ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފަކު އެމްޕީއެލް ބަނދަރުގައި އޮތް ދެ ޓަގްބޯޓު ދޭތެރެއަށް ވެއްޓި އަނިޔާވެފައިވާ ކަމަށް ރިޕޯޓުކުރީ މިއަދު ހެނދުނު10:46 ހާއިރު ކަމަށެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައި ވާކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އަމީން އަބްދުލްޚާލިދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. ދައުލަތުގެ މީޑިއާއިން އެމްޕީއެލްއާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ އޭނާ މަރުވީ ފިޓު ޖެހިގެން ކަމަށެވެ. އެމްޕީއެލްއިން ވަނީ ސޯޝަލް މީޑިއާގައި އެ މުވައްޒަފުގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ