މާލޭ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެ ޕާޓީން މާލޭ ސަރަހައްދުގައި ރަސްމީކޮށް ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތް މިއަދު ފަށައިފިއެވެ.
އެ ހަރަކާތަކީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ.
އެ ހަރަކާތް މިއަދު ފެށީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ޕީއެންސީގެ މައި ހަރުގެ ކައިރިންނެވެ.
ޕީއެންސީން ބުނި ގޮތުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި މާލޭގެ ހުރިހާ އަވަށްތަކުގެ ގެތަކަށް ޒިޔާރާތްކޮށް ކެންޑިޑޭޓުންގެ ސިޔާސަތުތައް ވެސް ކިޔައިދޭނެއެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަޑށް އެ ޕާޓީން ބުންޏެވެ.
އެ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުއާއި އެ ޕާޓީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.