ނައްތައިލަން ބޭނުންވާ މުސްހަފްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެދިއްޖެ

Screenshot 2026-01-23 at 21.46.36

މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުސްހަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާގެ ހަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، މާލޭ ސިޓި ކައުންސިލާ ހަވާލުކުރުމަށް އެ އިދާރާއިން އެދިއްޖެއެވެ.

ކައުންސިލުން ބުނީ، މި ތަކެތި ބަލައިގަންނަން ފަށާނީ މާދަމާއިން ފެށިގެން، އަންނަ ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 12:00އަށް އަދި މެންދުރު ފަހު 1:00އިން ހަވީރު 5:00 އަށް ކަމަށެވެ.

ތަކެތި ބަލައިގަންނާނީ މާލޭ ސިނަމާލެ 3 ގެ ގޯތިތެރެއިންނާނީ ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުންނެވެ. އަދި ހުޅުމާލެއިން މިތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުންނެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާނަމަ، 7994565 ފޯނާ ގުޅައި މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ބައުވެ ހަލަކުވެފައިވާ މުސްހަފުތައް ނައްތައިލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ