577 ފަތުރުވެރިންނާއެކު އަހަރުގެ ދެވަނަ ކްރޫޒް ލައިނާ ރާއްޖޭގައި

G_W6JZ7bAAcB3hA

މިއަހަރުގެ ދެވަނަ ކްރޫޒް ލައިނާ 577 ފަތުރުވެރިންނާއެކު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ބުނީ، ކްރިސްޓަލް ސިމްޕަނީ ނަމަކަށް ކިޔާ މި ކްރޫޒްލައިނާ ރާއްޖެއައީ ސްރީ ލަންކާގެ ކޮލޮމްބޯއިން ކަމަށެވެ. މި ކްރޫޒްލައިނާއިން ރާއްޖެ އައި577 ފަސިންޖަރުންނާއި496 ކްރޫއިންނަށް ކްލިއަރެންސް ދީފައި ވާކަމަށް އިމިގްރޭޝަނުން ބުނެފައެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނެގޭ ގޮތުގައި މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުނުފަހުން ރާއްޖެ އައި ތިންވަނަ ކްރޫޒް ލައިނާއެވެ.

އެމްއެސް ކްރިސްޓަލް ސިމްފަނީ އަކި ލަގްރަޒީ ކްރޫޒް ލައިނާއެކެވެ. މި ކްރޫޒްލައިނާގައި 606 ފަތުރުވެރިންގެ ޖާގަ އޮވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ