މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރީ 14 ވެހިކަލް

G4-Cpy6WoAAcM6T

މިދިޔަ ދެ ދުވަހު ހުޅުމާލެއިން 14 އުޅަނދު ޓޯކޮށްފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މީގެތެރޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ އެއް ވެހިކަލާއި ދެ ފުރޮޅުލީ 13 ވެހިކަލެވެ. މީގެތެރެއިން އެންމެ ގިނަ ވެހިކަލް ޓޯކޮށްފައި ވަނީ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުންނެވެ. ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މިދިޔަ ދެ ދުވަހު ދެ ފުރޮޅުލީ10 ވެހިކަލާއި ހަތަރު ފުރޮޅުލީ ވެހިކަލެއް ޓޯކޮށްފައި ވެއެވެ.

ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވުމާއި ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ތިން ވެހިކަލް ފުލުހުން ޓޯކޮށްފައި ވެއެވެ.

ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަަސައްކަތުގައި މީގެކުރިން ފުލުހުން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ