މި ހަފުތާ ނިމުމުގެ ކުރިން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވޭނެ: އާދަމް ޝަރީފް

Screenshot 2026-01-25 at 14.55.58

ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވޭނެ ކަމަށް މިނިސްޓާ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. ރޭ 8:30 ގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވާ އިރު އެ މަސައްކަތް ކުރިއަށްދާ މަރުކަޒުތަކަށް މިނިސްޓަރު ވަނީ ވަޑައިގެން އިންތިޒާމުތައް ބައްލަވައިލައްވާފައެވެ.

މިނިސްޓަރު ރޭ "އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

''މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ'' މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެސްޓީއޯއިންނެވެ. އަދި ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލުތަކުންނެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ބަލައި ދިއުމުގެ ކުރިން އެކަމަށް ކާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލްއިން ނަމްބަރު ނަގަން ޖެހޭނެއެވެ. އަންނަ ފެބުރުވަރީ މަހުގެ 11ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގްރެޓާ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމު ކޮށްފައިވެއެވެ. އެއީ މާލޭގައި އަށް މަރުކަޒާއި، ވިލިމާލޭގައި މަރުކަޒެއް އަދި ހުޅުމާލޭގައި ހަ މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ؛

• މިފްކޯ މަރުކަޒު

• ސޯޝަލް ސެންޓަރު

• އެމްޓީސީސީ ސޯމިލު

• ހެންވޭރު ބޯޅަދަނޑު

• ގަލޮޅު ދަނޑު (1)

• ގަލޮޅު ދަނޑު (2)

• ގަލޮޅު ދަނޑު (3)

• ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

• ޢުމަރު ޒާހިރު ބިލްޑިންގ

• ޕޮލްކޯ ޓަވަރ ތިރި

• މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

• ކާމިލުދީދީ ސްކޫލް

• ހިޔާޓަވަރު 10

• އެމްޕީއެލް ޓަވަރު -ޕީ

ވިލިމާލެ؛

• ވެމްކޯސައިޓް

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ