ރޭ އެކަނިވެސް މާލޭ ސަރަހައްދުގައި 4000އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ފޮޓޯ މިހާރު
ފޮޓޯ މިހާރު

ރޯދައަށް ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ބަހާ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ރޭ ބަހަން ފަށައިފައި ވާއިރު، ރޭ އެކަނި ވެސް 4000އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފައި ވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މާލޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީންނެވެ. މިނިސްޓްރީން ބުނީ، ރޭ 4196 މަސްދަޅު ކޭސް ދޫކޮށްފައި ވާކަމަށެވެ. އެންމެ ގިނަ މަސްދަޅުކޭސް ދޫކޮށްފައި ވަނީ، ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެ މަރުކަޒުތަކުން 783 މަސްދަޅުކޭސް ބަހާފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްދަޅު ކޭސް ބަހާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު08:30 އިން11:00އަށެވެ. މަސްދަޅު ކޭސް ބެހުން އަންނަ މަހުގެ13ވަނަ ދުވަހާ ހަމައަށް ކުރިއަށް ދަނެއެވެ.

މިނިސްޓްރީން ބުނީ މަސްދަޅު ކޭސް ބަލައިދާންޖެހޭނީ އެކަމަށް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ނަމްބަރު ނަގައިގެން ކަމަށެވެ. މި ނަމްބަރު ދޫކުރާނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ކަމަށް ވާއިރު،18 އަހަރުން މަޓިގެ ކޮންމެ މީހަކަށް ޕޯޓަލްގައި ރަޖިސްޓްރީ ވެވޭނެއެވެ. އަދި ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަ ކުރުމުން ނަމްބަރު ދޫކުރާނެއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާ ތަންތަން:

  • މާލެ: ހެންވޭރު ބޯޅަ ދަނޑު، އެމްޓީސީސީ ސޯމިލް، ގަލޮޅު ބޯޅަ ދަންޑު، ސޯޝަލް ސެންޓަރު، މިފްކޯ މަރުކަޒު
  • ހުޅުމާލެ: މުހައްމަދު ގާސިމް ޕްރީ ސްކޫލް، އުމަރު ޒާހިރު ބިލްޑިންގް، ޕޮލްކޯ ޓަވަރު
  • ހުޅުމާލެ ފޭސް2: ކާމިލު ދީދީ ޕްރ ސްކޫލް، ހިޔާ ޓަވަރު10، އެމްޕީއެލް ޓަވަރު
  • ވިލިނގިލި: ވެމްކޯ ސައިޓް

މަސްދަޅު ކޭސް ބަލައިދާއިރު އައިޑީކާޑު ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ