ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޗަނުން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެޗްޑީސީގެ ނަމުގައި ވައިބާ، އެސްއެމްއެސް އަދި އާދައިގެ ފޯންކޯލްތައް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ސަމާލުުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެޗްޑީސީން ވައިބާ ނުވަތަ ފޯން ކޯލެއް މެދުވެރިކޮށް ނުގުޅާނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
ސްކޭމް މައްސަލަތައް ގިނވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަފުތާގައި ވެސް ސްކޭމްގެ 42 މައްސަލައެއްގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާ ގެއްލިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.