ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޓީޗަރަކަށް ދައުވާކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު އެއްވުމެއްގެ ތެރެއިން--
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު އެއްވުމެއްގެ ތެރެއިން--

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ ދެ ކުދިންގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި ޝުއައިބުގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފައެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާގެ އިތުރުން ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުންމި ދައުވާއެކެވެ.

އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ