ދިވެހި ފިލްމު "ޒުލޭހާ" އިން މަޝްހޫރުވި ނައީމް ނިޔާވެއްޖެ

Screenshot 2026-01-26 at 11.44.11

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މުޙައްމަދު ނައީމް، ނައިމްބެ ނިޔާވެއްޖެއެވެ.

މ.މެދުމާ ޕެލަސް، މުހައްމަދު ނައީމް 71، ނިޔާވީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ ބާއްވާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެެ.

ނައީމަކީ އެޓޯލްސް މިނިސްޓްރީން އުފެއްދި މަޝްހޫރު ޑްރާމާތަކުން ފެށިގެން، ޓީވީއެމްގެ އުފެއްދުންތަކާއި ފިލްމުތަކުގައި ތަފާތު އެކި ކެރެކްޓާތައް ކުޅެފައިވާ ފަންނާނެކެވެ.

ނައިމްބެ ފާހަގަކޮށްލެވެނީ ރާއްޖޭގެ މަޝްހޫރު ފިލްމުތަކާއި ޑްރާމާތަކުންވެސް ފެނިފައިވާ ތަރިއެއްގެ ގޮތުގައި. އޭގެ ތެރޭގައި "ދިރިއުޅުމަކީ މިއީބާ".، ދިވެހި ފިލްމު ޒުލޭޚާ ހިމެނެއެވެ.

ނައީމްބެ ވަނީ ފިލްމީ ދާއިރާގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ