ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާއަރުވަނީ

Screenshot 2026-01-27 at 14.56.51

ސާފް ފުޓްސަލް ޝެމްޕިއަންޝިޕް ރާއްޖޭގެ ފުޓްސަލް ޓީމު ކާމިޔާބު ކުރުން ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހަވާ އަރުވާނީ މިރޭ 10:15އާ 10:45އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހަވާ އަރުވަން ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗާ ދިމާ ބޭރުންނެވެ. ހަވާ އެރުވުން ކުރިއަށް ގެންދާނީ ގާތްގަނޑަކަސް ތިން މިނެޓަށެވެ.

މިހާތަނަށް ބޭއްވި ފުރަތަމަ ފާސް ފުޓްސަލް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ މިއަހަރު ތައިލޭންޑުގައެވެ. މި މުބާރާތް ރާއްުޖެއިން ކާމިޔާބު ކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެއް މެޗު ބާކީ އޮއްވައި15 ޕޮއިންޓު ހޯދާ ރާއްޖެއިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ބުޓާނާ ދެކޮޅަށް ކުޅުން މެޗު 3-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މީގެކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މިރޭ ބާއްވާ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. މި ހަރަކާތުގައި ވީހާ ވެސް ގިނަ ދިވެހީން ބައިވެރިވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ