ދުންފުހުގެ އަސަރު މިއަދު ނުރައްކާވާ މިންވަރަށް ބޮޑު، ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށްވުރެ ދަށް

ވައި ނުސާފުވެފައި -- ފޮޓޯ: ޕީއެސްއެމް
ވައި ނުސާފުވެފައި -- ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް ކޮށްފައިވާ ދުންފުހުގެ އަސަރު މިއަދު ނުރައްކާ މިންވަރަކަސް ބޮޑުވެފައި ވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު ބުނެފިއެވެ.

މެޓުއޮފީހުން ނެރުނު އިއުލާނެއްގައި ވަނީ، ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ނުރައްކާވާ މިންވަރަށް މަތިވެފައި ވާކަމަށެވެ. އަދި ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މިއަދު ކަމަސް ވެސް އެ އިދާރާއިން ބުންޏެވެ.

"މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރު ފެންނަ މިންވަރު ވެސް ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައި،" މެޓުން ބުންޏެވެ.

މީގެއިތުރުން މެޓުން ބުނީ، ކުރިއަށް އޮތް ދެދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖޭގެ މަތީގައި ހުންނާނެކަމަސް ބެލެވޭކަމަށެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރަތްތަކާއި ކަނޑުދަތުރު ކުރާ ފަރާތްތަލކުން އެކަމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް ދުރުފެންނަ މިންވަރު ދަށްވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އޭރު ވެސް އެކި ދުވަސްވަރު ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެ ސިއްހަތަށް ނުރައްކާވަ މިންވަރަށް ދުންފުހުގެ އަސަރު ބޮޑުވިއެވެ.

ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ ކަންކަންމުން ސަލާމަތްވުމަށް އެޅުދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރަށްދާއިރު މާސްކު ބޭނުންކުރުން، ގޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ