ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގި ރޮށި ވިއްކުމުގެ ވިޔަފާރިއެއް ހުއްޓުވައިފި

G_ziKSybUAAoLON

ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ހިންގި ރޮށި ވިއްކުމުގެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އިއްޔެ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި، ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކޮށް އެ މަސައްކަތް ހުއްޓުވާފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަމަށް ވެސް ފުލުހުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން މި ދެ ތަން މިހާރު ވަނީ ބަންދުކޮށްފައެވެ. މި ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.

ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަންތަކާ ގުޅިގެން މީގެކުރިން މިނިސްޓްރީން ބުނީ، މި އިންސްޕެކްޝަންތަކުގެ މަގުސަދަކީ ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްސަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވައި، ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ