ތިލަފުށީގައި މަރުވެފައި އޮއްވައި ފެނުނީ 24 އަހަރުގެ ޒުވާނެއް

photo: Atoll times
photo: Atoll times

ގެއްލިގެން ހޯދަމުން ދަނިކޮށް ތިލަފުށީގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނީ 24 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ތިލަފުށީ ސައިޓަކުން ބިދޭސީއަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރީ އިއްޔެއެވެ. އޭނާ ގެއްލުނީ މިމަހުގެ 26ވަނަ ދުވަހު ކަމަށާއި މައްސަލަ ފުލުހަށް ރިޕޯޓުކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ތިލަފުށީގައި މަރުވެފައި އޮއްވައި ފެނުނު ކަމަށް ބުނ4ފައެވެ،

ފުލުހުން ބުނީ، އެއީ ބަންގްލަދޭޝަށް ނިސްބަތްވާ އަމީން މިއާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުކަން ވަނީ އެނގިފައެވެ،" ފުލުހުންގެ މެސެޖުގައި ވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިތުރަށް ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.
 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ