އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދުވަސްވީ މީހަކު މަރުވެއްޖެ

Screenshot 2026-01-30 at 15.35.01

ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދުވަސްވީ މީހަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުންދަނިކޮށް މަރުވީ އޭދަފުށީ، ސީސަންގޭ، އަބްބޫކަރު އަބްދުالله 83އ އެވެ.

އަބޫބަކުރު މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު އެވެ.

އޭނާގެ ކަށު ނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އެވެ.

ފުލުހުން ބުނި ގޮތުގައި  އަބޫބަކަރަށް ސީރިއަސް އަނިޔާތަކެއްވި އެކްސިޑެންޓު ހިނގީ އޭނާ މަޣްރިބު ނަމާދަށް ފަހު، އަސާގަނޑެއްގެ އެހީގައި މަގުމަތީ ހިނގާފައި ދަނިކޮށް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ޕިކަޕް ދުއްވި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ