ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރު ހިއްކުން މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.
ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ.
ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ނަމަކަށް ކުންފުންޏާއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުގެ އާ ލޭންޑް ޔުސް ޕްލޭންގައިވާ ގޮތުގައި ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4،072 ގޯއްޗެވެ.