އެމްއޭސީއެލްގެ "ސްޓްރެޗިން ޕްރޮގްރާމް" އިފުތިތާހުކޮށް, މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ފެއާއެއް ބާއްވައިފި

6334444439794814627

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ސްޓްރެޗިން ޕްރޮގްރާމް" ރަސްމީކޮށް އިފުތިތާހުކޮށް, "ސްޓްރެޗް އެންޑް ވެލްނެސް"ގެ ނަމުގައި ހާއްސަ ފެއާއެއް މިއަދު ބާއްވައިފިއެވެ.

ހުޅުލޭގައި ބޭއްވި މި ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ, އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުމެވެ.

މި ފެއާގެ ތެރެއިން އިފުތިތާހުކުރި "ސްޓްރެޗިން ޕްރޮގްރާމް" އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި, ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެކެވެ. މި ފެއާ ކުރިއަށް ގެންދިޔައީ އޭޑީކޭ, ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީ ގުޅިގެންނެވެ.

މި ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ