އެމްއޭސީއެލުން ދެ ދުވަހުގެ ބްލަޑް ކޭމްޕެއް ފަށައިފި

2026-01-31 21.48.37

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ.

ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބައިވެރިވެފައިވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. މީގެ މަގުސަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ