އިްޔެ ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން140 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ30 އެޕާޓްމަންޓެއްގެ މީހުންނަށް ކަމަށެވެ. އެ އިދާރާއިން އެންމެ ފުރަތަމަ ބުނީ، ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ18 އެޕާޓްމަންޓެއްގައި ދިރިއުޅޭ58 ފަރާތަކަށް ކަމަށެވެ.
މި ހާދިސާގެ ސަބަބުން ގެއްލުން ލިބުނީ ހިޔާ ފްލެޓުގެ ފަސްވަނަ ޓަވަރުގެ38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށެވެ.
"މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީ އާއި މި އޮތޯރިޓީން މި ދަނީ ބަލަމުން،" އެންޑީއެމްއޭއިން ބުންޏެވެ.
މި ހާދިސާ ހިނގީ އިއްޔެ އިރުއޮއްސި18:40 ހާއިރެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހާދިސާގެ ސަބަބުން އެ ހިސާބަށް ބޯކޮށް ކަޅު ދުން ފެތުރުނެވެ.