މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރު ކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖުގައި ބަހައްޓާ މުދަލުން ފީ ނުނަގާ ބަހައްޓައިދޭ މުއްދަތު އިތުރު ކުރުމަށް އެމްޕީއެލްގެ ބޯޑުންވަނީ ނިންމާފައެވެ.
އެމްޕީއެލުން މިއަދު ބުނީ، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯ ކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތު ފަސް ދުވަހުން ދިހަ ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
އެ ބަދަލަަށް މާދަމާއިން ފެށިގެން އަމަލުކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ މި ބަދަލަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، ހާއްސަކޮށް މުދާ އެތެރެކުރާ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.