Photo: Atoll times
Photo: Atoll times

ނިއުމޯނިޔާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ގައިދީއަކު މަރުވެއްޖެ

ނިއުމޯނިޔާ ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާހޯދަމުން ދިޔަ ގައިދީއަކު މިއަދު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މަރުވީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އުމުރުން 53 އަހަރުގެ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް ކަމަށެވެ.

އޭނާ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފުތާއެއް ވެފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، 9:05 ހާއިރުއެވެ.

މީގެއިތުރުން، ކަރެކްޝަނުން ބުނީ މީނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށެވެ.

އިބްރާހިމް ސުޙެއިލް މަރުވުމާ ގުޅިގެން އެ އިދާރާއިން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *