l_2025_07_28_084314_3rvjxu1e9dtki7qsgp6n4w58ocmfazhbyl2_EN_

ލަންކާއަކީ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ގައުމު: ރައީސް

ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރަ ކުމާރާ ޑިސަނާޔަކެ އާއި ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާއަށް ފޮނުވި ތަހުނިޔާގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު އެ ގައުމުގެ މިނިވަން ދުވަސް ދިމާވަނީ އެ ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމާއި ގައުމުގެ ކުރިއެރުމުގައި އެ ގައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ރައީސް ވަނީ ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރި އާއި ތަރައްގީ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ފަދަ ކަންކަމުގައި ވެސް ގުޅުން ބަދަހިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ވަނީ ދެ ގައުމުގެ އެތައް ގަރުނެއްވީ އެ ގުޅުމަކީ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ވަނަ ދުވަހަކީ ލަންކާގެ މިނިވަން ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *