ފޯޅަވަހީގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމަވާފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައެވެ.
އެމަނިކުފާނު ވިދާޅުވީ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތްކަމަށެވެ. އެއީ ދިވެހި ކާބަފައިން އެތަނަށް ދިވެހިން ނަން ކިޔަމުން އަންނަ ދިވެހި ގުދުރަތީ ސަރަހައްދުގައި އޮތަ ތަނެއް ކަމަށެވެ. މިއީ ދިވެހި މަސްވެރިން ފަސޭހަކަމާއެކު މަހަށް ނުކުންނަ ޒަމާނުއްސެރެ ދިވެހީންނާ ގުޅޭ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން ފޯޅަވައްސާއި ދިވެހި ރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ރާއްޖެއިން އިއުތިރާޒުކޮށް އެކަމާ ދިވެހި ދައުލަތުން ދެކޮޅުހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ އިނދިރޭސި ސަރުކާރަށް އަށެއް ނޮވެމްބަރު 2024ގައި އަދި18 ޖަނަވަރީ 2026ގައި އަދި15 ޑިސެމްބަރު 2025ގައި އިނގިރޭސި ސިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ އޮނަރަބަލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯމް ކޯލެއްގައި މިކަން އަޅުގަނޑު ވާނީ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފައި،" ރައީސް ވިދާޅުވިއެވެ.
އިޓްލޮސްއިން މި މައްސަލަ ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައެއ ގެއްލޭ ގޮތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ނިންމުން ދިރާސާކޮށް ރައްޖޭގެ ކަނޑުން ދޫކޮށްލި ސަރަހއްދު އަނބުރާ ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ބަންޑާރަ ނައިބަށް އަންގަވައިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
މިި މައްސަލައިގައި އައްޔަން ކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފައިގެ މައްޗަށް ބިނާކޮށް، ބަންޑާރަ ނައިބު އެކުލަވައިލެއްވި ކޮމިޓީއަކުން ތައްޔާރުކުރި ރިޕޯޓު ރައީސަށް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކެބިނެޓުން އަޅަން ފަށައިފައި ވާކަމަށާއި މި ނިންމުންތައް ތަންފީޒުކުރަން ސަރުކާރުން ފަށައިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޞާލިހް މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމިކަން އިއުލާނު ކުރައްވައިފައެވެ. އަދި މިކަމާ ގުޅޭ ގޮތުން ސުވާލުކޮށް ފިޔަވަޅު އަޅުމަށް ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.