ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ މަޖިލީސް ޖަލްސާގައި އަޑުގަދަކޮށް އިހުތިރާމް ކުޑަކުރާތީ އިދިކޮޅު އެމްޑީޕީ ދެ މެމްބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނެރެފިއެވެ.
މަޖިލިސް ފެށިތާ އިރުކޮޅެއް ފަހުން އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކުރަން ފަށައިފައެވެ. އިހުތިޖާޖު ކުރުމުގެ ސަބަބުން މަޖިލިސް ތަޅުމުން ނެރެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމާއި ވައިކައިރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއަށް ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދާށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރައްވައިފައެވެ.
މި މެމްބަރުން ފުރަތަމަ މަޖިލިސް ތަޅުމުގައި ކަށިގަނޑު ފުމެ އަޑުގަދަ ކުރިއެވެ. އަދި ރައީސް ހައްދަވަނީ އިތުރުފުޅުކަމަށް ވިދާޅުވެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވިއެވެ. އެއަށްފަހު މި މެމްބަރުން ވަނީ ބެނާ ހިފައިގެން ކޮޅަށް ތެދުވެ، ރައީސްގެ ޕޯޑިއަމް ކައިރީ އިހުތިޖާޖު ކޮށްފައެވެ.
މި މެމްބަރުންގެ ނަން އިއްވީ ރައީސް ރިޔާސީ ބަޔާން މެދުކަނޑައިލައްވާ މަޖިލީހުގެ ރައީސަށް އިޝާރާތެއް ކުރެއްވުމުންނެވެ.