ސައޫދީ ވަލީއަހުދަށް ރައީސް މުއިއްޒުގެ ހާއްސަ ސިޓީފުޅެއް

Screenshot 2026-02-07 at 18.47.05

ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރު އަހުމަދު ސަރީރު، ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އަރުވައިފި އެވެ.

ސަފީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަލީދުއާ ބައްދަލުކުރައްވާފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އަރުވާފައި ކަމަށް ސަފީރު ވިދާޅުވިއެވެ.

އެއީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން އެ ގައުމުގެ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ސަރީރް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވަލީއަހުދާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ