އައްޑޫ ސިޓީގައި ގާއިމުކުރި ސަރުކާރު އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފައެވެ.
މިއީ އަތޮޅުތެރޭގައި ގއިމުކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ރައްޒާގު ވިދާޅުވީ އައްޑޫގައި ގާއިމުވެގެންދިޔަ ކެތު ލެބްގެ ހިދުމަތުގެ ސަބަބުން އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ.
ރައްޒާގު ވިދާޅުވީ، އައްޑޫގައި ގާއިމުވެގެންދިޔަ އައިނު ފިހާރައަކީވެސް އެމްސީޖީއެޗްއާއި އޭއީއެެޗްއާއި ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ކެތު ލެބްގެ ކަންކަން ބަލަހައްޓާއި ހިނގުމާއި އައިނު ފިހާރައާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.