ތުއްތުކުދިންނަށް ދޭ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނި ބޭނުން ނުކުރާން އެދިއްޖެ

Screenshot 2026-02-08 at 12.24.26

ތުއްތު ކުދިންނަށް ދޭ އިންފެންޓް ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނި އެ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ، ފަރަންސޭސި ވިލާތުން އުފައްދާ ބޭބީ ބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ. އެހެންކަމުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތައިލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާފައި ވާކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްގައި އާންމުކޮށްފައި ވާކމަަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ، ސެރެއުލައިޑް އަކީ ބަސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށެވެ. މި މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ، މޭނުބައިކޮށް ހޮޑުލުން އަދި ބަނޑގައި ރިއްސުންފަދަ އަލާމާތްތައ ްފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެ ނުކުރުމަށް އެ އިދާރައިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ