ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 70 ޕަސަންޓު ނިންމައިފި

2026-02-08 13.11.49

ހއ. ދިއްދޫ ބިން ހިއްކުމުގެ 70 ޕަސަންޓު މަސައްކަތް ނިންމައިފިއެެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ މަސައްކަތް ކުރިއަށްގެންދަނީ 46،000 ސީބީއެމް ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ކަމަށްވާ ލެއިވް އެރިކްސަން އިންނެވެ.

އެމްއޭސީއެލުން މިއަދު ބުނީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދިއްދޫ ފަޅުތެރެއިން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއީ މަޝްރޫއުގެ 70 ޕަސަންޓެވެ.

ދިއްދޫގެ ބިން ހިއްކަން އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގައެވެ.

ދިއްދޫގައި ހިއްކާ އެ ބިމަކީ ރަށުގެ ތަރައްގީއަށް މުހިންމު ބޭނުންތަކެއް ފުއްދުމަށް ހިއްކާ ބިމެކެވެ. އޭގެ ތެރޭގައި އެ ރަށުގައި އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިޖުތިމާއީ އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ