ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރާ ދިމާކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ކަމަށެވެ.
މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެއް ކަމަށާއި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ހިންމަފުށީ ސުކޫލުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މިފަދަ މަސައްކަތްތަކުން ގައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްގީވާކަމަށް ކަރެކްޝަނުން ބުންޏެވެ.