ސުނާމީ ބިނާ މައިޒާން ތަރައްގީކުރާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް އެދެފި

HAsbsdPasAAMhLi-2

ސުނާމީ ބިނާ މައިޒާން ތަރައްގީކުރާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ބުނީ، އެ ސަރަހއްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް މިއަދު އިރުއޮއްސި 06:00ގެ ކުރިން ނެގުމަށް އެދޭކަމަށެވެ. ފުލުހުން އާޏްމުކުރި ޗާޓުގައި ވެހިކަލް ނަގަން އަންގާފައި ވަނީ ސުނާމީ ބިނާ ސަރަހައްދުން ފެށިގެން އަމީނީ މަގާ ހަމައަށެވެ. އެއީ ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ޕާކުކޮށްފައި ހުންނަ ސަރަހައްދެކެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެއްވާ އެއްބާރުލލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ސުނާމީ ބިނާ ކުރިން ހުރީ ލޮނުޒިޔާރާތް ކޮޅުގައެވެ. ނަމަވެސް ކުރީގެ ތިންރުއް ޕާކަށް ސުނާމީ ބިނާ ބަދަލުކުރީ ސިނަމާލެ ބްރިޖު ހެދުމުގެ މަޝްރޫއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ