15 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ގޮސްފި

5971

ކ. ދޫނިދޫ ކައިރިން 15 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއްގައި އަލިފާން ރޯވެ، މިއަދު އަޑިއަށް ގޮސްފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ 15 މީހުންނާ އެކު ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ކަމަށް އެމްއެމްޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް މިއަދު 14:57 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން  އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެން ފަށާފައި ވާކަމަށެވެ.

މި ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު 16:46 ހާއިރު ދޯނި އަޑިއަށްގޮސްފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް، ލިބުނު އަނިޔާގެ ތަފުސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ