ރޯދަ މަހުގެ ކަރަންޓު ބިލަށް ދޭ ޑިސްކައުންޓަށް ރީޑިން ނެގުން ހޯމަ ދުވަހު

383980_3_cf5b327e81b670b20c1e0b5bdc196afb596addca_medium

ރޯދަ މަހުގެ ކަރަންޓު ބިލުތަކަށް ލުޔެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އެ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި މީޓަރުތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިސްކައުންޓާއެކު ބިލުތައް ތައްޔާރުކުރުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް ކުރިއަަށްދަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ މުއްދަތުގެ ތެރޭގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކުގެ މީޓަރުތަކުގެ ރީޑިން ނެގުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ވަނީ އަންނަ ރޯދަ މަހުގެ ކަރަންޓު ބިލުން ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ