ފޭސްބުކް މާކެޓްޕްލޭސްގައި ސްކޭމްކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

1_Suspect_9bd45c6e79

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ނޭޕާލަށް ނިސްބަތްވާ ނަކުލް ކޭ ސީއެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޭސްބުކް މާކެޓް ޕްލޭސްއަކީ ގިނަ އަދަދެއްގެ ސްކޭމްތަކެއް ހިންގާ ތަނެއްކަން މީގެކުރިން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފޭސްބުކް މާކެޓް ޕްލޭސްއިން ގަންނަ އެއްޗެއް އަތަށް ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ