ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު ކްރޫޒްލައިނާ، 2000އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު އިއްޔެ މާލެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ، "އެމްއެސް ކުއީން އޭން" މި ކްރޫޒްލައިނާގައި ތިބި 2669 ފަސިންޖަރުންނާއި 1235 ކްރޫއިންނަށް އިމިގްރޭޝަން ކްލިއަރެންސް ދީފައި ވާކަމަށެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައި ވަޏީ ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓް ބަނދަރުންނެވެ.
މިއީ މިހާތަނަށް ރާއްޖެ އައި އެންމެ ބޮޑު ކްރޫޒްލައިނާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ، މި ބޯޓު ރާއްޖެ އައުން ފާހަގަކުރުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައި ވާކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ބައިވެރިވެ ވަޑައިގަތެވެ.