ރޯދަމަހު މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑިތައް ރައީސް އޮފީހުން އިއުލާނުކޮށްފި

ރައީސް އޮފީސް
ރައީސް އޮފީސް

ރޯދަމަހާއި އެއަށްފަހު އަންނަ ހަ ރޯދައިގެ މުއްދަތުގައި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑިތައް ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކުރިންވެސް ހަމަޖައްސަވައިފައިވާގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 2022 މާރިޗު 6 ގައި ނެރެފައެވެ.

ރަމަޞާންމަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި އަޅުކަމަށް ވަގުތު ހުސްކުރުމަށްޓަކައި އެއީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ވެސް 2024ވަނަ އަހަރުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ