ދެ އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމަވައިފި

359516_0e6bac37-c_

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނަގާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ދުވަހު އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ،

ރައީސް އޮފީހުން މިއަދު ބުނީ، އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، އެ އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލާޒިމްކުރާ ކަމަށެވެ

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލްގައި ހިމެނޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލެއް ތަސްދީގު ކުރައްވައި، ގެޒެޓު ކުރައްވަން ޖެހެ އެވެ.

ނަމަވެސް ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އޭގެ ނަތީޖާއަކީ އެ ބިލެއް އެ ހިސާބުން ބާތިލްވުމެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ