ކުޑަކުއްޖަކަށް ތިން އަހަރުވަންދެން ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

1_Suspect_1_2cdad9335b

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ކުޑަކުއްޖަކަށް ތިން އަހަރުވަންދެން ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ހމ. ޚައިރާތު / މާލެ، އަލީ އަފްލަހުއެވެ.

ފުލުހުން ބުނީ އަފްލަހު ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ