މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް: މައުމޫން

374685_262db985-0_

މާދަމާއަކީ މިއަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ މާދަމާ ކަމަށެވެ. އެމަނިކުފާނު ވަނީ އެންމެހައި ދިވެހީންނަށް ރަމަޞާން މަހުގެ ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

މައުމޫނަކީ ފަލަކީ އިލްމު ދިރާސާކުރައްވައި އެކަމަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. މީގެކުރިން ވެސް މައުމޫން ވަނީ ހަނދު ފެނުމުގެ ކުރިން ރޯދައާއި ހައްޖު ދުވަސް ލަފާކުރައްވައިފައެވެ.

ނަމަވެސް، މާދަމާއަކީ ރަމަޞާން މަހުގެ ފުރަތަމަ ދުވަސްކަން ސާނ=ބިތުވާނީ ހަނދު ފެނުމުންނެވެ. ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ޖަލްސާ އޮންނާނީ މިރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ