ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައި ވަނީ، އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް2އަށް ބަދަލުކުރުމާ ގުޅިގެން އިއްޔެއެވެ. އެއާޕޯޓުގެ ބެލެނިވެރި ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ، މިހާރު ޑޮމެސްޓިކް ޓާމިނަލަށް އަންނަ ފަސިންޖަރުން މަޑުކުރާނީ ކުރީގެ އިންޓަނޭޝަނަލް ތާމިނަލް ކުރިމައްޗަށް ކަމަށެވެ. އަދި ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދަށް ފަސިންޖަރުން ބޭލުމަކީ މަނާ ކަމެއް ކަމުގައި އެ އކުންފުނިން ވަނީ ބުނެފައެވެ.
ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް1ގެ ޓެކްސީ ކިއުއެވެ. މި ބަދަލާއެކު ވެސް އެއާޕޯޓުގެ ބަސް ރީޓުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި އެމްއޭސީއެލްއިން ބުންޏެވެ.