ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ އަށްވަނަ ބުރު ފަށައިފި

Screenshot 2026-02-19 at 18.01.44

ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ އަށްވަނަ ބުރު ފަަށައިފިއެވެ.

މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝަމީމެވެ.

މި ކޯސް ކުރިއަށް ގެންދަނީ ފެބުރުވަރީ 15އިން މާރިޗު 14އަށް ތިނަދޫ ސިޓީގައެވެ. މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދޭނެއެވެ.

މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ވެސް ދަސްކޮށްދޭނެއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ބައިވެރިވެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ